ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް

ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް

Author
އަހުމަދު
01 ޑިސެމްބަރ 2025 02:14
0

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފިއެވެ. މި ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވީ، ފިހިފައިވާ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. މި މުވައްޒަފުގެ ހާލަތު ބޮޑުކަމަށް ވެއެވެ.

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާ ބޭނުންވާތީ، ބޭރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ އިންތިޒާމް ސްޓެލްކޯއިން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.