ލަންކާއަށް އެހީވުމަށް "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

ލަންކާއަށް އެހީވުމަށް "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

Author
އަހުމަދު
30 ނޮވެމްބަރ 2025 09:28
0

ސްރީލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެޤައުމަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން އެޤައުމަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމްއިން އިސްނަގައިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ޓެލެތޯނެއް މިއަދު ފަށައިފިއެވެ.

26 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނާއި ޖަމްޢިއްޔާތަކާއި ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ ގާތް ރަޙުމަތްތެރި ޤައުމެއް ކަމަށްވެފައި، ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ އެއް ޤައުމަކީވެސް ލަންކާއެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، ކިއުއާރު ކޯޑް ސްކޭންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމާއި ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ޓެލެތޯންގެ އޮޑިޓް ކުރާނީ ކްރޯ މޯލްޑިވްސްއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިންވަރު
ވަރަށް ހިތާމަކޮށްފިން، މިއީ މަހުގެ އެންމެ ފަހުދުވަސް، މުސާރަކޮޅު އަދިވެސް ޖަމާނުވޭ، ޓެލެތޯން ނިމޭއިރުވެސް ވާނެކަމުގެ އުންމީދެއްނެތް، މާވަރުގަދައަށް މުސާރަ ބޮޑުވެގެން ދިޔަދިޔައިނުން އަތްނުފޯރައިގެން މިއުޅެނީ، ވަގުތު އޮއްވައި ލިބިއްޖެއްޔާ ބައިވެރިވާނަން. އިންޝާﷲ.