އެމްޑީޕީގެ ޗެއާޕާސަންކަމަށް މީކާއިލް ވާދަކުރަނީ

އެމްޑީޕީގެ ޗެއާޕާސަންކަމަށް މީކާއިލް ވާދަކުރަނީ

Author
އަހުމަދު
29 ނޮވެމްބަރ 2025 08:50
1

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވައިފި އެވެ. މީކާއިލް ވިދާޅުވީ ޕާޓީގެ ލީޑާޝިޕް އާ ޖީލަކަށް ބަދަލުކުރުމުގެ މި މުހިންމު މަސައްކަތުގައި އާންމު މެންބަރުންގެ ތާއީދު ބޭނުންވާ ކަމަށެވެ.

ޗެއާޕާސަންގެ މަގާމު ހުސްވީ ފައްޔާޒް އިސްމާއިލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ވަގުތީ ޗެއާޕާސަނަކު ހޮވަން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ތިން ބޭފުޅެއްގެ ނަން ހުށަހެޅުނެވެ. އެއީ ކުރީގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް އާއި ދިއްދޫ ވައްޑެ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

ވައްޑެއަށް ލިބުނީ 47 ވޯޓެވެ. ނަމަވެސް އައްޔަންކުރަން 48 ވޯޓު ބޭނުންވާތީ އޭނާ ހޮވިފައެއް ނުވެއެވެ. ދެން ހުރި ނަންތަކަށް ވޯޓަށް އެހުމުގެ ކުރިން ގިނަ މެންބަރުން ޖަލްސާއިން ނިކުތުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ޖަލްސާ ވަނީ ހުއްޓާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.