ލަންކާގެ ފެންބޮޑުވުމުގައި އެހީ ބޭނުންވާ ދިވެހިންނަށް ހައި ކޮމިޝަނުން އެހީވާން ފަށައިފި

ލަންކާގެ ފެންބޮޑުވުމުގައި އެހީ ބޭނުންވާ ދިވެހިންނަށް ހައި ކޮމިޝަނުން އެހީވާން ފަށައިފި

Author
އަހުމަދު
29 ނޮވެމްބަރ 2025 08:49
0

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ފެންބޮޑުވެ، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ މަސައްކަތް ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ފަށައިފި އެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި މި ހާދިސާގައި އެހީ ބޭނުންވާ ފަރާތްތައް ރިޕޯޓުކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ވަނީ ގާއިމުކޮށްފަ އެވެ. އެހީއަށް އެދިފައިވާ ދިވެހިންނަށް ކާބޯތަކެއްޗާއި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ލަންކާ އެއާޕޯޓުގައި ނުފުރި ތާށިވެފައި ތިބި ދިވެހިންގެ ހާލަތު ވެސް ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، މި ކާރިސާގައި ގެއްލުން ލިބުނު ލަންކާ ރައްޔިތުންނަށް އެހީވުމަށް ވެސް ތައްޔާރީތައް ވަމުންދާ ކަމަށް ހައި ކޮމިޝަނުން ހާމަކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.