ނައިބު ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް ބިލް ކޮމިޓީން ފާސްކޮށްފި

ނައިބު ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް ބިލް ކޮމިޓީން ފާސްކޮށްފި

Author
އަހުމަދު
29 ނޮވެމްބަރ 2025 05:13
0

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 30،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ހިމަނައިގެން ހުށައެޅި ބިލް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހުގައި ބުނާގޮތުން އިނާޔަތް ލިބޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކުރައްވާ، ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ބޭފުޅުންނަށެވެ. އެހެންކަމުން މި ޝަރުތުތައް ފުރިހަމަވަނީ އެމްޑީޕީ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމަށް އެކަންޏެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސެވެ.

މާލީ އިނާޔަތުގެ އިތުރުން ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ލިބޭ ގޮތަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ. ނަމަވެސް ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާ މުއްދަތުގައި މި އިނާޔަތްތައް ނުލިބޭނެއެވެ.

މިހާތަނަށް ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުވަތަ ސެކިއުރިޓީއެއް ފޯރުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.