ތޫފާން ދިޓުވާގެ މިޝްރާބު ރާއްޖެއާ ދުރަށް، ނަމަވެސް މޫސުން ގޯސްވާނެ

ތޫފާން ދިޓުވާގެ މިޝްރާބު ރާއްޖެއާ ދުރަށް، ނަމަވެސް މޫސުން ގޯސްވާނެ

Author
އަހުމަދު
29 ނޮވެމްބަރ 2025 01:59
0

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން ދިޓުވާ މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.

މި ތޫފާން މިހާރު އޮތީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯމީޓަރު ދުރުގައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ތޫފާން މާދަމާ ހެނދުނު އިންޑިއާގެ ތަމިލްނާޑޫ، ޕޫޑޫޗެރީ އަދި އަންދުރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެއެވެ.

ތޫފާނުގެ މިޝްރާބު ރާއްޖެއާ ދުރަށް ހުރި ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. މި ތޫފާނުގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އަވައްޓެރި ސްރީލަންކާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.