ރާއްޖޭގައި ހިންގާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބީސީސީއާއި އިގްތިސާދީ ވުޒާރާ ގުޅިގެން ދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025″ ރޭ ސޯޝަލް ސެންޓަރުގައި ބާއްވައިފިއެވެ.
މި ހަފްލާގައި ފަނޑިޔާރުންގެ މާކުހާއެކު 13 ދާއިރާއަކުންނާއި އާންމުންގެ ވޯޓާއެކު 11 ދާއިރާއަކުން ޖުމްލަ 24 ވިޔަފާރިއަކަށް އެވޯޑް ދީފައިވެއެވެ. އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި މާލީ ވަޒީރު މޫސާ ޒަމީރު ޝަރަފްވެރިކޮށްދެއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މޫޑީސްއިން ރާއްޖޭގެ އައުޓްލުކް ސްޓޭބަލް ކަމަށް ކަނޑައެޅުމަކީ ވިޔަފާރިތަކަށް ލިބުނު ބޮޑު ޔަގީންކަމެއް ކަމަށެވެ.
މި އެވޯޑް ހަފްލާއާ ގުޅުވައިގެން ބޮޑުބެރު ހަރަކާތްތަކާއި ކުޑަކުދިންގެ ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ވިއްކުމަށް 10 ކިއޮސްކެއް ބަހައްޓައިގެން ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ