ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ" ގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބެމުންދާތީ މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.
ލަންކާގެ ހެލްތު މިނިސްޓަރު ޑރ. އަނިލް ޖަޔަސިންހް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުއްލި ހާލަތު ދެމި އޮންނާނެ ކަމަށެވެ. އަދި 24 ގަޑިއިރު ސިއްހީ ހިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ތޫފާނުގައި މިހާތަނަށް 56 މީހުން މަރުވެ 21 މީހަކު ގެއްލިފައިވާއިރު، ގިނަ އާއިލާތައް ވަނީ ހާލުގައި ޖެހިފައެވެ. ލަންކާ ސަރުކާރުން މިހާރު ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ