ސްރީލަންކާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ނުވަރަލިއާއަށް ދަތުރުކުރި ދިވެހި އާއިލާއެއްގެ ޚަބަރެއް ނުވެގެން އެ އާއިލާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ގެއްލިގެން ހޯދަނީ ދިވެހި ފިރިހެނަކާއި ބިދޭސީ އަނބިމީހާ އަދި އެ ދެމީހުންގެ ކުޑަ ދަރިފުޅު ކަމަށެވެ. އެ އާއިލާގެ ޚަބަރެއް ނުވާތީ ލަންކާގައި ދިރިއުޅޭ ރަހުމަތްތެރިއަކު މީގެ ތިން ދުވަސް ކުރިން އެމްބަސީއަށް ރިޕޯޓް ކުރީއެވެ.
އެމްބަސީން ބުނީ ފަރުބަދަ ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ވެސް މީހުންނާ ޚަބަރު ނުވެވޭ ހާލަތްތައް ދިމާވާ ކަމަށެވެ. ނަމަވެސް މިހާރު ލަންކާއަށް "ދިޓްވާ" ތޫފާނުގެ އަސަރު ކުރަމުންދާތީ މުޅި ގައުމަށް ރަތް ސަމާލު ނެރެ، ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
އެ އާއިލާ ހޯދުމުގެ މަސައްކަތް ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް އެމްބަސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ