ގެއްލުންދޭ ގަސް ކެނޑުމުން ސަވާބު ލިބޭނެ: ވަޒީރު ޝަހީމް

ގެއްލުންދޭ ގަސް ކެނޑުމުން ސަވާބު ލިބޭނެ: ވަޒީރު ޝަހީމް

Author
އަހުމަދު
28 ނޮވެމްބަރ 2025 03:19
1

މީސްތަކުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސް ކެނޑުމަކީ ހުއްދަ ކަމެއް ކަމަށާއި އެކަމުން ސަވާބު ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މީހުންގެ ގެދޮރަށް ނުވަތަ ހިނގާބިނގާވެ އުޅުމަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުން ލާޒިމްވާނެ ކަމަށެވެ. މީގެ ދަލީލެއްގެ ގޮތުން ވަޒީރު ފާހަގަކުރެއްވީ، މީހުންނަށް ގެއްލުންވާ ގޮތަށް މަގުމަތީ ހުރި ގަހެއްގެ ގޮފި ކެނޑި މީހަކަށް މާތްﷲ ރަޙްމަތް ލައްވައި ފާފަ ފުއްސެވި ކަމަށް ބަޔާންވެފައިވާ ޙަދީޘެވެ.

ނަމަވެސް ވަޒީރު ވިދާޅުވީ ސަބަބެއް ނެތި ގަސް ކެނޑުމަކީ ފާފަވެރިވެދާނެ ކަމެއް ކަމަށާއި، ހިޔާ ލިބޭ އަދި މޭވާ އަޅާ ގަސް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅާ ކަމަށެވެ.

ވަޒީރުގެ މި ވާހަކަފުޅު އައީ ވިލިމާލޭގެ ޒަމާންވީ ނިކަގަހެއް ސަރުކާރު މަޝްރޫޢަކަށް ކެނޑުމާ ދެކޮޅަށް ބައެއް ފަރާތްތަކުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.