ލަންކާގެ ފެންބޮޑުވުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ: ސަފީރު

ލަންކާގެ ފެންބޮޑުވުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ: ސަފީރު

Author
އަހުމަދު
28 ނޮވެމްބަރ 2025 03:14
0

"ދީތްވާ" ތޫފާނާ ގުޅިގެން ސްރީލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެންބޮޑުވެ 46 މީހުން މަރުވެފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައިނުވާ ކަމަށް ދިވެހި ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.

އެ ގައުމުގައި 1800 އެއްހާ ދިވެހީން ދިރިއުޅޭއިރު، އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެމްބަސީގެ ހޮޓްލައިން 09476991666 އަށް ގުޅުމަށް ސަފީރު ވަނީ އެދިވަޑައިގެންފައެވެ. ގަދަ ވަޔާއެކު ވާރޭވެހޭއިރު ރައްކާތެރި ހިޔާވަހި ތަންތަނުގައި ތިބުމަށް ވެސް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރެޑް ލެވެލް އިންޒާރު ނެރެފައިވާއިރު، ދިވެހީން އާއްމުކޮށް ދިރިއުޅޭ ކޮލަމްބޯ ވެސް ރައްކާތެރި ނޫން ސަރަހައްދުތަކުގެ ތެރޭގައި ހިމެނެއެވެ. ލަންކާގެ ހައިވޭތައް ބަންދުކޮށް، ރޭލު ދަތުރުތަކަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.