ލަންކާގެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް އޮފީސް

ލަންކާގެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް އޮފީސް

Author
ހުސައިން
28 ނޮވެމްބަރ 2025 09:50
0

ސްރީލަންކާގައި އުފެދިފައިވާ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނާގޮތުގައި މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ލަންކާގެ އުތުރު އައްސޭރި ފަށުން އިންޑިއާގެ ޓެމިލްނާޑޫއާ ދިމާލަށެވެ.

ލަންކާއަށް މި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 40 އަށްވުރެ ގިނަ މީހުން މަރުވެ، 20 އަށްވުރެ ގިނަ މީހުން ގެއްލިފައިވެއެވެ.

ރާއްޖެއަށް ތޫފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް، ކުރިޔަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މި ވިއްސާރައިގެ އަސަރު މުޅި ދެކުނު އިރުމަތީ އޭޝިއާއަށް ކުރަމުންދާއިރު، ތައިލެންޑުން 55 މީހުން، އިންޑޮނޭޝިޔާއިން 60 އަށްވުރެ ގިނަ މީހުން މަރުވެ، މެލޭޝިޔާއަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.