ހުޅުމާލޭ ކަރަންޓު ހާދިސާގައި އަނިޔާވި ސްޓެލްކޯ މުވައްޒަފު އޭޑީކޭއަށް ބަދަލުކޮށްފި

ހުޅުމާލޭ ކަރަންޓު ހާދިސާގައި އަނިޔާވި ސްޓެލްކޯ މުވައްޒަފު އޭޑީކޭއަށް ބަދަލުކޮށްފި

Author
ޙަސަން މުޙައްމަދު
26 ނޮވެމްބަރ 2025 07:43
0

މިއަދު ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް އަނިޔާވި ސްޓެލްކޯގެ މުވައްޒަފަކު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މި ހާދިސާގައި މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ފިހިފައިކަމަށާއި، ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އަވަހަށް ފަރުވާދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. ކުންފުނިން ބުނީ މި މުވައްޒަފުގެ ފަރުވާއާއި ގުޅޭ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށާއި، އާއިލާއާއި ގުޅިގެން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުންދާކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، ދިވެހި ފުލުހުންގެ ޚީދުމަތުން މިނިވަން ތަހުގީގެއް ފަށާފައިވާކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ. އަދި އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ނުތަނަވަސްކަން ލިބިދާނެ އަމަލުތަކުން ދުރުހެލިވުމަށާއި، ކަށަވަރުކޮށްދީފައިނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.