ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވީ ކޮރަޕްޝަން ތުހުމަތުތަކެއްގެ އޭސީސީން ބަލަމުން ދަނިކޮށް

ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވީ ކޮރަޕްޝަން ތުހުމަތުތަކެއްގެ އޭސީސީން ބަލަމުން ދަނިކޮށް

Author
ޙަސަން މުޙައްމަދު
23 ނޮވެމްބަރ 2025 10:15
0

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިއަދު މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިރޭ ހާމަކުރި ގޮތުގައި، ހައިކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއް އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށް، ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ކޮން ފަނޑިޔާރެއްކަން އޭސީސީން ރަސްމީކޮށް ހާމައެއް ނުކުރި ނަމަވެސް، އެ ތުހުމަތުތައް އަމާޒުވެފައިވަނީ މިއަދު ކުއްލިއަކަށް އިސްތިއުފާ ދެއްވި ފަނޑިޔާރު ފައިސަލްއަށް ކަމަށް ފާހަގަވެއެވެ.

މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ފައިސަލްއާ ގުޅޭ މައްސަލަތަކެއް ބަލަމުން ގެންދާކަން ހާމަވެފައިވެއެވެ. އެގޮތުން ނުހައްގު މުއްސަނދިކަން ހޯއްދެވިކަމުގެ ތުހުމަތުތައް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފަނޑިޔާރު ފައިސަލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.