އުރީދޫ ފިންޓެކް މޯލްޑިވްސް އާއި އީޒްއެޕް އާ ދެމެދު އާ ޕާޓްނަރޝިޕެއް ގާއިމްކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން އަންނަ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން އީޒްއެޕް ބޭނުންކުރާ ފަރާތްތަކަށް އެމްފައިސާ މެދުވެރިކޮށް ރައްކާތެރި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ މި ޕާޓްނަރޝިޕަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. އީޒްއެޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ އެމްފައިސާ އިންޓެގްރޭޓް ކުރުމުން ކަސްޓަމަރުންނަށް ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ލިބިގެންދާނެ ކަމަށެވެ.
އެމްފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރު ކުރެވޭ ޑިޖިޓަލް ވޮލެޓެއް ކަމަށާއި މި އިންޓެގްރޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫއިން ފާހަގަކުރެ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގައި ކޭޝްލެސް މުސްތަގްބަލަކަށް ވާސިލުވެ، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ