ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރަ ކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރަ ކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ

Author
ޙަސަން މުޙައްމަދު
23 ނޮވެމްބަރ 2025 11:02
0

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މިއަދު ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ހުޅަނގުގެ މި ވިއްސާރައިގައި އިއްޔެ ވެސް ބައެއް ރަށްތަކަށް ކެރިއަކަށް ވާރޭ ވެހުނު ނަމަވެސް، ބޯކޮށް ވާރޭ ވެހެން ފަށާފައިވަނީ މިއަދުއެވެ. ތިން ދުވަސް ފަހުން ބުދަ އަދި ބުރާސްފަތީގައި ވެސް ބައެއް ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އާންމު ގޮތެއްގައި 10-20 މޭލަށް ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެފައިވެ އެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ނަމަވެސް، ރާއްޖޭގެ ވަށައިގެން ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑާއި ސްރީ ލަންކާ ކައިރީގައި ވެސް އެކި ވަރުގެ ކޮޅިގަނޑުތަކާއި ތޫފާންތައް އުފެދިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.