ޔުމްނު ވެއްޓުނު މައްސަލަ: ރައުދު ދައުވާއަށް އިއުތިރާފްވެއްޖެ

ޔުމްނު ވެއްޓުނު މައްސަލަ: ރައުދު ދައުވާއަށް އިއުތިރާފްވެއްޖެ

Author
އަހުމަދު
20 ނޮވެމްބަރ 2025 09:27
0

މާލޭގެ އިމާރާތެއްގެ ފުރާޅަށް ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ރައުދު އަހުމަދު ޒިލާލް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ދައުވާއަށް އިއުތިރާފްވެއްޖެއެވެ.

މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ 04:54 ހާއިރު ހ. ފެންޓެނޯއީގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅިން ޔުމްނު ހ. މިޓާޒްގޭގެ ފުރާޅަށް ވެއްޓުނެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ކަމަށްވާއިރު، އިތުރު ފަރުވާއަށް ސަރުކާރުގެ އެހީގައި މެލޭޝިއާއަށް ފޮނުވާފައިވެއެވެ.

ޕީޖީ އޮފީހުން ޖޫން 4 ވަނަ ދުވަހު ރައުދުގެ މައްޗަށް ދައުވާކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގައެވެ. ދައުވާގައި ބުނެފައިވަނީ ޔުމްނު ވެއްޓުނުކަން ރައުދަށް އެނގިހުރެ އެހީތެރިވެދީފައި ނުވާ ކަމަށާއި، އެއްވެސް އިދާރާއަކަށް ރިޕޯޓުވެސް ކޮށްފައި ނުވާ ކަމަށެވެ.

ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދައިފައިވާތީ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުކުމް އިއްވުމަށް ވަނީ ނިންމައިފައެވެ. މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އުމުރުން 22 އަހަރުގެ ރައުދު ކުރިން ހައްޔަރުކޮށްފައިވިޔަސް މިހާރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.