ބާރު އޮވެމެ، އެއްވެ އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ބޮޑު ގޯހެއް: މީކާއީލް

ބާރު އޮވެމެ، އެއްވެ އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ބޮޑު ގޯހެއް: މީކާއީލް

Author
ހުސައިން
19 ނޮވެމްބަރ 2025 02:31
0

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވީ، މިދިޔަ ފަސް އަހަރު ބާރު އޮވެ އެއްވެ އުޅުމުގެ ގާނޫނު އުވާނުލެވުނީ ފަހުރުވެރިކަމާއެކު ހެދުނު ބޮޑު ގޯހެއް ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލު ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް މި ގާނޫނަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށެވެ. އެ ގާނޫނު އުވާލުމަކީ 2018 ވަނަ އަހަރު އެމްޑީޕީން ވީ ވައުދެއްކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ، އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާހް ޖާބިރު އެ ބިލު ހުށަހަޅުއްވުމުން، މަޖިލީހުގައި އެތައް ދުވަހެއް ވަންދެން ބޭއްވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށެވެ.

މީކާއީލް ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މަދުން ނޫނީ ހެދޭ ގޯސްތައް ގަބޫލުނުކުރާނަމަވެސް، މިއަދު މި ގޯސް ގަބޫލުކުރާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، ޓެކްސީ ޑްރައިވަރުންނާއި މާލޭގައި ފުރާޅަށް ކުއްޖަކު ވެއްޓުނު މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާގައި ބައިވެރިވި ބަޔަކަށް މި ގާނޫނުގެ ދަށުން ދައުވާ ކުރެވިފައިވާ ކަމަށެވެ. މި ގާނޫނަކީ ނުކަސިޔާރުކޮށް ދިވެހި ދައުލަތަށާއި ސިޔާސީ ޕާޓީތަކަށް އެޅިފައިވާ ފިޔަވަޅެއްކަމުގައި މީކާއީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.