އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓް ސަރަހައްދުގައި މިމަހުގެ 10 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ޑރ. ޕަރްވޭޒް އަހުމަދު، 2016 ވަނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހު ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ކާރެއް ގޮއްވާލައިގެން ދިން މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވި ކަމަށާއި، ބޮމުގެ ހަމަލާ ރާވާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑރ. ޕަރްވޭޒް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ނުވަތަ ކްލިނިކެއްގައި މަސައްކަތްކޮށްފައިވާ ކަމަށް އިކޮނޮމިކްސް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އިން ވަނީ ޕަރްވޭޒް ރާއްޖޭގައި މަސައްކަތްކުރި ދުވަސްވަރު ހަރުކަށި ފިކުރުގެ މީހުންނާ ބައްދަލުކުރިތޯ ތަހުގީގުކުރަމުންދާ ކަމަށް ހާމަކޮށްފައެވެ. އޭޓީއެސް އިން ބުނީ ރާއްޖޭގައި މަސައްކަތްކުރި ދުވަސްވަރުގެ ޕަރްވޭޒްގެ ބޭންކު ސްޓޭޓްމެންޓްސްއާއި ޑޮކިއުމެންޓްސްތަކަކީ ތަހުގީގަށް ވަރަށް މުހިންމު ތަކެއްޗަށް ވެފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ