އާބާދީ 2000 އަށްވުރެ ބޮޑު ރަށްތަކުގައި ޑޮލަރު އެޓީއެމް ބަހައްޓަނީ

އާބާދީ 2000 އަށްވުރެ ބޮޑު ރަށްތަކުގައި ޑޮލަރު އެޓީއެމް ބަހައްޓަނީ

Author
އަހުމަދު
15 ނޮވެމްބަރ 2025 06:44
0

ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރުން މިހާރު ހިންގަމުންދާ "މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން، މިދިޔަ މަހުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 105 ރުފިޔާ އޭޓީއެމް ބަހައްޓާފައިވާއިރު، މިހާރު މިކަން ފުޅާކޮށް ޑޮލަރު އޭޓީއެމް ބަހައްޓަމުން އެބަދެއެވެ. ރައީސް ވިދާޅުވީ، މިއަހަރުގެ މާރިޗު މަހާއި ހަމައަށް 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށެވެ.

ޑޮލަރު އޭޓީއެމް ބަހައްޓާނީ ޓޫރިސްޓް ގެސްޓްހައުސް އެންމެ ގިނަ ރަށްތަކާއި، 150 އަށްވުރެ ގިނަ އެނދު ހުރި ރަށްތަކާއި، ވެރިކަން ކުރާ ރަށްތަކާއި، އަރބަން ސެންޓަރުތަކާއި، އާބާދީ 2000 އަށްވުރެ ގިނަ ރަށްތަކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ، ސަރުކާރުގެ ހުރިހާ މަސައްކަތެއްވެސް ވަކި ރަށެއް ނުބަލާ ހަމަހަމަކަމާއެކު ކޮށްދެއްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.