ތިލަފުށްޓާއި ގުޅިފަޅުން ވަގުތީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ބިންދޫކުރުން އެޗްޑީސީން ވަގުތީގޮތުން މެދުގަނޑާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީތިލަފުށްޓާއި ގުޅިފަޅުން ބިންދޫކުރުމާއި ބިންބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި ޤަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީއާއި މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައި ވާކަމަށެވެ.
އަދި މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް، ތިލަފުށްޓާއި ގުޅިފަޅުން އިތުރަށް ދޫކުރެވެންހުރި ބިންތަކުގެ ތެރެއިން ވަގުތީ ބޭނުންތަކަށާއި ދާއިމީކޮށް ބޭނުންކުރަން ބިންހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެޗްޑީސީއާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ޖީއެމްއައިޒެޑްއެލް އެއްކޮށްލުމާގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންގެންދަނީ އެޗްޑީސީންނެވެ.