މާލޭގައި ހުންނަ މަޝްހޫރު މަސްޖިދު އަލް-ސުލްތާން ހަސަން އިއްޒުއްދީންގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިނުމުގެ މައްސަލައިގައި ހައްޔަރުކުރި މީހާ އާއިލާއާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު 7:02 ގައި ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލައިގައި 24 އަހަރުގެ ފިރިހެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރުމަށްފަހު އޭނާ އާއިލާގެ ބެލުމުގެ ދަށަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ