ބީއެމްއެލްގެ ޑެބިޓް ކާޑު ބޭރުގައި ބޭނުން ކުރެވޭ މިންވަރު 1000 ޑޮލަރަށް އިތުރު ކޮށްފި

ބީއެމްއެލްގެ ޑެބިޓް ކާޑު ބޭރުގައި ބޭނުން ކުރެވޭ މިންވަރު 1000 ޑޮލަރަށް އިތުރު ކޮށްފި

Author
ހުސައިން
10 ނޮވެމްބަރ 2025 03:25
0

ބޭންކް އޮފް މޯލްޑިވްސްއިން މާދަމާ އިން ފެށިގެން ޑެބިޓް ކާޑު ބޭރުގައި ބޭނުން ކުރެވޭ މަހުގެ ލިމިޓް 1000 ޑޮލަރަށް އިތުރުކުރުމަށް ނިންމައިފި އެވެ. ކޮވިޑު-19 ފެށުނީއްސުރެ ލިބެމުން އައި 250 ޑޮލަރުގެ ލިމިޓް މި އަހަރުގެ ޖުލައި މަހު 500 ޑޮލަރަށް ބޮޑުކުރި ނަމަވެސް، މިހާރު އެ މިންވަރު އިތުރަށް ދެގުނަ ކުރުމަށް ނިންމާފައިވަނީ ދަތުރުވެރިންނަށް ބޭރުގައި މާލީ ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ނެވެ.

އެ ބޭންކުން ހާމަކުރި ގޮތުގައި މާދަމާ އިން ފެށިގެން ރާއްޖޭން ބޭރުގައި ކާޑު މެޝިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތަކަށް މި އާ ލިމިޓް އެޕްލައި ކުރެވޭނެ ކަމުގައެވެ. މީގެ އިތުރުން ބޭސްފަރުވާއަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ކުރެވޭ މުއާމަލާތްތަކަށް މަހަކު 3000 ޑޮލަރުގެ ހާއްސަ ލިމިޓެއް ވެސް ދީފައިވެ އެވެ. މި ބަދަލުތަކާއެކު ބީއެމްއެލްގެ ކަސްޓަމަރުންނަށް އެއާލައިންތަކުގެ ވެބްސައިޓުން ޓިކެޓު ގަތުމާއި ހޮޓަލްތަކަށް ކާޑުން ޑައިރެކްޓްކޮށް ފައިސާ ދެއްکުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.