ގަލޮޅު ކަންމަތީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގަލޮޅު ކަންމަތީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
ހުސައިން
09 ނޮވެމްބަރ 2025 10:53
0

މާލޭގެ ގަލޮޅު ކަންމަތި ސަރަހައްދުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ގޯޅިގަނޑެއްގެ ތެރޭގައި އެއްކުރެވިފައި ހުރި ކުނިތަކެއް ރޯވައި ހުޅު ހިފައިގެން އެ ސަރަހައްދުގައި ހިނގި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 21:52 ހާއިރު ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވެސް ވަނީ އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގަމުންދާ މަންޒަރު ފެނިފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.