ރާއްޖޭގެ ކަނޑުގެ ސަރަހަދުން ހިފެހެއްޓި 300 ކިލޯ ޑްރަގްގެ ފަހަތުގައި ލަންކާގެ ބޮޑެތި ޑްރަގްލޯޑުން!

ރާއްޖޭގެ ކަނޑުގެ ސަރަހަދުން ހިފެހެއްޓި 300 ކިލޯ ޑްރަގްގެ ފަހަތުގައި ލަންކާގެ ބޮޑެތި ޑްރަގްލޯޑުން!

Author
ހުސައިން
09 ނޮވެމްބަރ 2025 08:28
0

ދިވެހި އަސްކަރިއްޔާއިން ޑްރޯންގެ އެހީގައި މި މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ ކަނޑުތަކުން އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތީގެ ކޮންސައިންމެންޓަކީ ލަންކާގެ މަޝްހޫރު ދެ ޑްރަގްލޯޑުންގެ ކަމަށް ލަންކާގެ ސެކިއުރިޓީ ފޯސަސްއިން ތުހުމަތުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ މަސްތުވާތަކެތި ހިމެނެނީ ބްލޫމެންޑަލް ސަންކަ އާއި ޕަރަވި ސުދާއަށް ކަމަށް ޝައްކުކުރެވެއެވެ. ހެރޮއިން އާއި ކްރިސްޓަލް މެތް ހިމެނޭ އެ ޑްރަގްތައް ފޮނުވީ ޕާކިސްތާނުގެ ޑްރަގް ޓްރެފިކަރަކު ކަމަށް ތުހުމަތުކުރެވެއެވެ. ލަންކާގެ މަސްދޯންޏެއްގައި ހުރި އެ ޑްރަގުގެ މައްސަލާގައި ހައްޔަރުކުރި ހަ މީހުން މިހާރު ތިބީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖެޕާލަ ވިދާޅުވީ އެ މީހުން ލަންކާއަށް ގެންދިއުމަށް ދިވެހި ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.