އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

Author
ހުސައިން
09 ނޮވެމްބަރ 2025 08:21
0

އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ތަރައްގީ ކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިރޭ ރަސްމީކޮށް ހުޅުވާ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަދި ފުރިހަމައަކަށް ނުނިމި ހުރި ނަމަވެސް، ޒަމާނީ ޓާމިނަލްގެ ތިރީ ފްލޯ މިދިޔަ މަހުގެ 17 އިން ފެށިގެން އަންނަނީ ބޭނުން ކުރަމުންނެވެ. މިމަޝްރޫއަކީ ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއު އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެގައުމުގެ ޖޭއެމްސީ ޕްރޮޖެކްޓްސް ކުންފުންޏާ ހަވާލުކޮށްގެން 2023 ގެ ޖެނުއަރީގައި ފެށި މަޝްރޫއެކެވެ.

އައު ޓާމިނަލްގައި 2،465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނޭއިރު، ބޮއިން 737 އާއި އެއާބަސް 320 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭނެ ފަދައިން ތަރައްގީކޮށްފައިވެ އެވެ. މި އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.