ގާނޫނާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ވަޒީފާ އަނބުރާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ނިންމައިފިއެވެ.
ރައީސް މުއިއްޒު މަހްމޫދު ރިޔާޒު މަގާމުން ވަކިކުރެއްވީ މިދިޔަ މަހު 30 ގައެވެ. މިއީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި 241 ކޮމިޓީން ކުރިން ނިންމީ ރިޔާޒު ވަކިކުރުމަށް އެދޭ ގޮތަށެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގައި އެ ނިންމުން ބަދަލުކޮށްފައިވާއިރު، މިރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނެރުނު ބަޔާނުގައި މި ނިންމުން އާއްމުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ