އުރީދޫ ފަން ރަން 2025: ރަޖިސްޓްރީވުން ނޮވެމްބަރު 14 ގައި ބަންދު ވާނެ

އުރީދޫ ފަން ރަން 2025: ރަޖިސްޓްރީވުން ނޮވެމްބަރު 14 ގައި ބަންދު ވާނެ

Author
ހުސައިން
08 ނޮވެމްބަރ 2025 08:17
0

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ މަޖާވެރި ދުވުމުގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ އުރީދޫ ފަން ރަން 2025 ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، މި އިވެންޓަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 23:59 ގައި ބަންދުވާނެ ކަމަށް އުރީދޫން ހާމަކޮށްފިއެވެ.

ޑިސެމްބަރު 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ދެ ވައްތަރުގެ ކިޓް އެއް ހޯދޭނެއެވެ. 110 ރުފިޔާގެ ސްޓޭންޑާޑް ކިޓްގައި ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 210 ރުފިޔާގެ ފަން ކިޓްގައި އައިގުލާސްއާއި މަލްޓިޕާޕަސް ބަނޑާނާއެއްވެސް ހިމެނެއެވެ.

ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުން އަންނަ މި ދުވުމަކީ ދުޅަހެޔޮ ދިރިއުޅުމަށް ހިތްވަރުދީ، ދުވުމަކީ މަޖާވެރި ހަރަކާތެއްކަން އަންގައިދިނުމަށް ބާއްވާ އިވެންޓެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 6،500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ މި ފަސް ކިލޯމީޓަރުގެ ދުވުމުގައި، ކޮންމެ ކިލޯމީޓަރ އެއް ނިމުމުން ކުލަގައި، ފެން އަދި ތަފާތު މަޖާ ހަރަކާތްތައް ކުރިޔަށްދާ ސްޓޭޝަންތަކެއް ހުންނާނެއެވެ. މިއީ ވަކި ވަގުތަކަށް ބަލައިގެން ކުރިއަށްދާ ރޭހަކަށް ނުވާތީ، ހިނގާފަ، ދުވެފަ، ޖޮގްކޮށްފަ ނޫނީ ނަށަމުންވެސް ބައިވެރިން މި ދުވުން ފުރިހަމަކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.