ކ. ކުޑަވިލިނގިލި ރިސޯޓްގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް "ހޯކްސް ދޯނި" ނަމަކަށް ކިޔާ ތެޔޮ ބާޖެއް އުރުމާ ގުޅިގެން ދިވެހި ސިފައިން ވަނީ އަވަސް ފިޔަވަޅު އަޅަން ފަށާފައެވެ. ސިފައިންގެ މާލޭ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންއިން މިވަގުތު މި މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން ބުނެފައިވެއެވެ.
މީގެ އިތުރުން މާލެއިން މުދާ ބަރުކޮށްގެން ގދ. އަތޮޅަށް ދަތުރުކުރަމުން އައި "ފަހިރޯޅި" ނަމަކަށް ކާގޯ ބޯޓެއްވެސް ވަނީ ފަރަކަށް އުރި ބޮޑު ބައެއް އަޑިއަށް ގޮސްފައެވެ. ދެ އުޅަނދުވެސް ހިންގުމުގައި އޮތް މީހުންނަށް ގެއްލުމެއް ވެފައިވާ ކަމެއް ނުވަތަ ވަށައިގެންވާ ގޮތުގެ މައުލޫމާތެއް ފެންމަތިވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ