ހުޅުމާލޭގައި ބާސްޕީޑުގައި ދުއްވި ކާރެއް ފިހާރައެއްގައި ޖެހި މުޑިއަރައިފި

ހުޅުމާލޭގައި ބާސްޕީޑުގައި ދުއްވި ކާރެއް ފިހާރައެއްގައި ޖެހި މުޑިއަރައިފި

Author
ޙަސަން މުޙައްމަދު
08 ނޮވެމްބަރ 2025 10:47
0

ހުޅުމާލޭގައި ބާސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ދިއުމުގެ ސަބަބުން އެ ކާރު ސައިކަލެއްގައި ޖެހި، ފިހާރައަކަށް މުޑި އަރައިފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ހުޅުމާލޭ ފޭސް 1 ގެ ނިރޮޅުމަގުގައެވެ. ފުލުހުން ބުނީ، ކުރިމަތިން އައި ކާރަކުން ނައްޓުވަން އުޅުމުގެ ތެރޭގައި އެ ކާރު ކޮންޓްރޯލް ނުވެގެން ދިއުމުން އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

ކާރުގައި ތިބި 29 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެ އެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.