ރާއްޖެ އަށް އދ. ގެ ޖައްވު ކޮމިޓީގެ މެންބަރުކަން ލިބިއްޖެ

ރާއްޖެ އަށް އދ. ގެ ޖައްވު ކޮމިޓީގެ މެންބަރުކަން ލިބިއްޖެ

Author
ހުސައިން
07 ނޮވެމްބަރ 2025 09:16
0

ސުލްހަވެރިކަމާ އެކު ޖައްވު ބޭނުންކުރުމާ ގުޅޭ އދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް (ކޮޕުއަސް) އަށް ރާއްޖެއަށް މެންބަރުކަން ލިބިއްޖެ އެވެ. ފޮރިން މިނިސްޓްރީން ބުނީ މި މެންބަރުކަން ލިބުމުން ރާއްޖެ އަށް ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމުގައި ބައިވެރިވެ، ޖައްވާ ގުޅޭ ސައިންސާއި ޓެކްނޮލޮޖީގެ ތެރެއިން މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ. ބޭރު ޖައްވުގައި އޮޕަރޭޓް ކުރާ އުޅަނދުތަކުން ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމާއި، ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގައި ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުން އަރައިގަތުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކުގައި ވެސް މި ފުރުސަތު ބޭނުންކުރެވޭނެ އެވެ. ރާއްޖެއާ އެކު ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯ އަށް ވެސް ކޮޕުއަސްގެ މެންބަރުކަން ލިބިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.