ހަވާލުކުރި ޕްރޮޖެކްޓްތަކާއެކު ރާއްޖޭގެ 12 ރަށުގައި 725 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށިގެން ދާނެ

ހަވާލުކުރި ޕްރޮޖެކްޓްތަކާއެކު ރާއްޖޭގެ 12 ރަށުގައި 725 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށިގެން ދާނެ

Author
ހުސައިން
06 ނޮވެމްބަރ 2025 08:35
0

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ 12 ރަށެއްގައި 725 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް، މަޝްރޫޢުތައް ފަށަން ތައްޔާރު ވެއްޖެއެވެ.

މި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ އަމިއްލަ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ގްލެޓް އިންވެސްޓްމަންޓްސް، އަލްޓެކް މޯލްޑިވްސް، އޮކްސްރޯ، މިމްސް ކޮންސްޓްރަކްޝަން، ވޭވްލެންތްސް، ސްވިފްޓު އިންޖިނިއަރިން، އަލާފް ޕްރައިވެޓް ލިމިޓެޑް، ވައިޓް ލިންކްސް އަދި ފްލެކްސިންކް ހިމެނެއެވެ. މި ކުންފުނިތަކުން މަސައްކަތް ކުރާނީ ބ. އޭދަފުށި، ދ. މީދޫ، އއ. އުކުޅަސް، ޅ. ނައިފަރު، މ. މުލަކު، ގދ. މަޑަވެލި، ގދ. ގައްދޫ، ގދ. ތިނަދޫ، ލ. ގަން، ލ. ފޮނަދޫ، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގައެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ 57 ރަށެއްގައި އެކި ބާވަތުގެ ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ ފުރުޞަތުވެސް ރައްޔިތުންނަށް ހުޅުވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.