ޣައްޒާގެ ކުރިމަގު ނިންމުމަށް ތުރުކީވިލާތާއި ޙަމާސް ވެރިން މަޝްވަރާ ކޮށްފި

ޣައްޒާގެ ކުރިމަގު ނިންމުމަށް ތުރުކީވިލާތާއި ޙަމާސް ވެރިން މަޝްވަރާ ކޮށްފި

Author
ހުސައިން
06 ނޮވެމްބަރ 2025 03:58
0

ފަލަސްޠީނުގެ ޣައްޒާގެ ކުރިމަގާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް އިސްތަންބޫލުގައި ބާއްވައި، ޤަތުލުޢާންމު ހުއްޓުމުގެ އެއްބަސްވުމުގެ އިތުރު މަރުހަލާތައް ތަންފީޒު ކުރުމަށް ޙަމާސާއި ތުރުކީވިލާތުން މަސައްކަތް ކުރަން ފަށައިފިއެވެ. ޔަހޫދީން 68،000އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދު ކުރުމަށް ފަހު އޮކްޓޫބަރު 10ގައި ޤަތުލުޢާންމު ހުއްޓާލުމަށް ގެނައި އެއްބަސްވުން ތަންފީޒު ކުރުމުގައި ތުރުކީވިލާތުން މެދުވެރިއެއްގެ ގޮތުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

ތުރުކީވިލާތުގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހީމް ކަލުންއާއި ޙަމާސްގެ ސިޔާސީ ވެރިއެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ބައްދަލު ކުރައްވައި، ޔަހޫދީންގެ ފަރާތުން އެއްބަސްވުން ދެމެހެއްޓުމަށް ކުރިމަތި ކުރާ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. ޙަމާސުން އެއްބަސްވުމާ އެއްގޮތަށް 20 އަސީރުން މިނިވަން ކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރަމުން ދިޔަ ނަމަވެސް، ޔަހޫދީން އަދިވެސް ޣައްޒާއަށް ދަނީ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެއްބަސްވުމުގެ ބަދަލުގައި ޔަހޫދީން ވަނީ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުން ދިޔަ 2،000 ފަލަސްޠީނު ގައިދީން ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.