އެމްޓީޑީސީއާ ހަވާލުކޮށްގެން އައްޑޫގައި 1000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ކުރިޔަށް ގެންދަނީ

އެމްޓީޑީސީއާ ހަވާލުކޮށްގެން އައްޑޫގައި 1000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ކުރިޔަށް ގެންދަނީ

Author
ހުސައިން
06 ނޮވެމްބަރ 2025 10:11
0

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ރިޔާސީ ވައުދުފުޅު ފުއްދުމުގެ ގޮތުން، 1000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް މޯލްޑިވްސް ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފިއެވެ. ރައީސް އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ރޭ ސޮއިކުރި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދު އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި 600 ކޮޓަރި ނުވަތަ 1000 އެނދުގެ އައްސޭރި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރާނެއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިފްތިތާހުކޮށްފައިވާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި އައްޑޫ ސިޓީގެ އިގުތިސާދު ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލާފައިވާ މި ޕްލޭނުގައި 6000 ޓޫރިސްޓް އެނދު ގާއިމުކުރުމާއި 10،000 ވަޒީފާ އުފެއްދުމުގެ އިތުރުން ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމާއި ސީޕްލޭން ހަބެއް ގާއިމުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.