ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ލިބުމުގެ މުއްދަތު 15 އަހަރަށް ދަށްކޮށްފި

ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ލިބުމުގެ މުއްދަތު 15 އަހަރަށް ދަށްކޮށްފި

ގުޅުންހުރި

ރާއްޖޭގައި ހިންގާ ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ހޯދުމަށް ބޭނުންވާ މުއްދަތު 20 އަހަރުން 15 އަހަރަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ. މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ހުށަހެޅުއްވި މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ ދަށުން، ބޭރުގެ ޤައުމެއްގެ ސަރުކާރުން ޤަބޫލުކުރާ ޔުނިވަސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާ ކޮލެޖްތަކަށްވެސް ރާއްޖޭގައި ޔުނިވަސިޓީއެއްގެ ދަރަޖަ ލިބޭނެއެވެ. ނަމަވެސް ޔުނިވަސިޓީއަކަށް ބަދަލުވުމަށް އިތުރު ގިނަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހެއެވެ. އެގޮތުން ލެވެލް 7 އާއި 9 ގެ ކޯސްތައް މަދުވެގެން ތިން ދާއިރާއަކުން ހިންގަންޖެހޭއިރު، މި ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާންޖެހެއެވެ. އަދި ބައިނަލްއަޤުވާމީ ޔުނިވަސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި، އެކަޑަމިކް މުވައްޒަފުންގެ 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުން ކަމުގައިވުމާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗްތައް ބޭރުގެ ޔުނިވަސިޓީތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުމަކީވެސް ލާޒިމު ކަންކަމެވެ.

މި ގާނޫނު ތަންފީޒުކުރުމަށް ގާނޫނަކަށް ވާތާ ދެ މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަންޖެހޭނެއެވެ. މި އިސްލާހާއެކު ރާއްޖޭގައި ހިންގާ ވިލާ ކޮލެޖަށް ޔުނިވާސިޓީއެއްގެ ދަރަޖަ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބެލެވެއެވެ. 19 އަހަރުގެ ތަޖުރިބާ ލިބިފައިވާ މި ކޮލެޖަކީ ބިލުގައިވާ ޝަރުތުތަކަށް ފެތޭ ކޮލެޖެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ