ސަސްޕެންޑްކުރި ގާޒީ ދޫކޮށްލި ޑްރަގްގެ ބޮޑެއް ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފު ކޮށްފި

ސަސްޕެންޑްކުރި ގާޒީ ދޫކޮށްލި ޑްރަގްގެ ބޮޑެއް ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފު ކޮށްފި

ގުޅުންހުރި

2019 ވަނަ އަހަރު 70 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ތުހުމަތު ކުރެވޭ ބޮޑަކަށް ބެލެވޭ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ދޫކޮށްލި މައްސަލަ ދައުލަތުން މި ހަފުތާގައި އިސްތިއުނާފުކޮށްފިއެވެ. އޭނާ ދޫކޮށްލީ މިހާރު ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝީދެވެ.

އީރާނުގެ ބޯޓަކުން 70 ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލާގައި ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އަލީ އަންވަރު ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތިއެވެ. ގާޒީ ފާއިޒް ވިދާޅުވީ ފުލުހުން އަލީ އަންވަރު ހައްޔަރުކުރުމަށްފަހު އޭނާގެ ތަންތަން ބަލައި ފާސްކުރީ އިޖުރާއަތުތަކާ ހިލާފަށް ކަމަށާއި، އެހެންވެ ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

އަލީ އަންވަރު ދޫކޮށްލުމަށްފަހު އޭނާ ލަންކާއަށް ފުރައިގެން ދިޔަނަމަވެސް އެތެރެވުމާ ދެކޮޅު ހަދައި ރާއްޖެއަށް އަނބުރާ ފޮނުވާލިއެވެ. އަލުން ރާއްޖެ އައުމުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ.

ގާޒީ ފާއިޒްއާ ދެކޮޅަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި މި މައްސަލަވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަލީ އަންވަރު ތުހުމަތު ކުރެވުނީ 2019 ވަނަ އަހަރު އޮކްޓޫބަރު މަހު ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓަކުން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ބޮޑުކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ