13.6 މިލިއަން ސިނގިރޭޓު ވަގަށް ނަގައިގެން ގެންގޮސް ދެ ކޮންޓެއިނަރު ރޫޅާލީ ތިލަފުށީގައި

13.6 މިލިއަން ސިނގިރޭޓު ވަގަށް ނަގައިގެން ގެންގޮސް ދެ ކޮންޓެއިނަރު ރޫޅާލީ ތިލަފުށީގައި

ގުޅުންހުރި

ހުޅުމާލެ ބަނދަރުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ބެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނަގައިގެން ތިލަފުއްޓަށް ގެންގޮސް ރޫޅާލާފައިވާތީ ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި 1،360 ސިނގިރޭޓު ކޭސް ހުރި ކަމަށް ފުލުހުން ބުނެއެވެ. މި ސިނގިރޭޓަށް ޑިއުޓީ ދައްކާއިރު 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެއެވެ.

ތަހުގީގަށް ފާހަގަވި ގޮތުގައި މި ވައްކަން ހިންގީ ވަރަށް ރޭވިގެންނެވެ. ފުލުހުން ބުނެފައިވަނީ ކޮންޓެއިނަރުތަކާ އެއްގޮތަށް ދެ ކޮންޓެއިނަރު ތިލަފުށީގައި ތައްޔާރުކޮށްފައި އެމްޕީއެލް ޓާމިނަލުން އަސްލު ކޮންޓެއިނަރު ދޯންޏެއްގައި ވަގަށް ނަގައި، އޭގެ ބަދަލުގައި ތައްޔާރުކުރި ކޮންޓެއިނަރުތައް އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައިވާ ކަމަށެވެ. މިކަމަށް ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތިލަފުއްޓަށް ގެންދިޔަ ސިނގިރޭޓުތައް ހުދު ކުލައިގެ ޖަމްބޯ ބޭގްތަކުގައި ބޭރުކޮށް ކޮންޓެއިނަރުތައް ރޫޅާލާފައިވާއިރު، މިހާތަނަށް އެ ސިނގިރޭޓުތައް ހޯދިފައެއް ނުވެއެވެ. ފުލުހުން ވަނީ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައި، 19 މީހުން ފުރުން މަނާކޮށް، ފަސް އުޅަނދަކާއި 21 ތަނެއް ބަލައި ފާސްކޮށްފައެވެ. ސިނގިރޭޓާ ގުޅޭ މައުލޫމާތު ލިބިފައިވާނަމަ 9911099 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ