އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެއިނީ އަވަހާރަ ވެއްޖެއެވެ.
ޑިކް ޗެނީއަކީ އެމެރިކާގެ އެންމެ ބާރުގަދަ ޒަމާނީ ނައިބު ރައީސް އަދި "ޓެރަރިޒަމާ ދެކޮޅަށް ހިންގި ހަނގުރާމައިގެ" މައިގަނޑު އާކިޓެކްޓްގެ އިތުރުން، ގޯސް ޚިޔާލުތަކެއްގެ މައްޗަށް އެމެރިކާ، ނާކާމިޔާބު ޢިރާޤު ހަނގުރާމައަށް ގެންދިއުމުގައި އެހީތެރިވި ފަރާތެވެ. އޭނާ އަވަހާރަވީ އުމުރުން 84 އަހަރެވެ.
"އޭނާގެ ލޯބިވާ 61 އަހަރުގެ އަނބިމީހާ ލިން، އޭނާގެ ދަރިން ލިޒް އަދި މެރީ، އަދި އެހެން ޢާއިލާގެ މެންބަރުން އޭނާ އަވަހާރަވިއިރު އޭނާއާ އެކުގައި ތިބިކަމަށް" ޢާއިލާއިން ބުނެފައިވާއިރު، އޭނާ އަވަހާރަވީ ނިއުމޯނިއާ އަދި ހިތުގެ ބަލީގެ އުނދަގޫތަކާއެކު ކަމަަށް އާއިލާއިން ބުނެފައިވެއެވެ.
"ޑިކް ޗެނީއަކީ އޭނާގެ ދަރިންނާއި މާމަދަރިންނަށް އަމިއްލަ ޤައުމު ދެކެ ލޯބިވި ހިތްވަރު ގަދަ، ހިތްހެޔޮ މީހެކެވެ" އަވަހާރަވުމާއި ގުޅިގެން ޢާއިލާއިން ބުނެފައިވެއެވެ.
"ޑިކް ޗެނީ އަމިއްލަ ޤައުމަށްޓަކައި ކުރި ހުރިހާ ކަމަކަށްޓަކައި އަހަރެމެން ހިފެހެއްޓުމެއް މިންވަރަށް ނެތްޝުކުރުވެރިވަމެވެ." އާއިލާއިން ބުނެފައި ވެއެވެ.
2001 އިން 2009 އާ ހަމައަށް ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ނައިބުކަން ކުރި ޗޭނީ އަކީ 9/11 ހަމަލާތަކަށްފަހު "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" އިގެ ރޭވުންތެރިޔާ އެވެ. އަދި ނުބައި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމެރިކާ އިރާގަށް އަރައިގަންނަން މަޝްވަރާ ދިން އާރުކާޓީވެސްމެއެވެ.
ވަޔޯމިންގ އިން ކޮންގްރެސް މެމްބަރަކަށް ހުރި ޗޭނީ ޖެރަލްޑް ފޯޑްގެ ވައިޓް ހައުސް ޗީފް އޮފް ސްޓާފް އަދި ބުޝް ސީނިއާގެ ޑިފެންސް ސެކްރެޓަރީކަން ވެސް ކޮށްފައިވެ އެވެ. 2012 ގައި ހިތް ބަދަލުކުރި އޭނާ އުމުރުގެ ފަހު ދުވަސްތަކުގައި ރައީސް ޓްރަމްޕަށް ހަރުކަށި ފާޑުކިޔުން އަމާޒުކޮށް، 2024 ގެ އިންތިހާބުގައި ޑިމޮކްރެޓް ކެމެލާ ހެރިސްއަށް ތާއީދު ކޮށްފައިވެ އެވެ.


