ހިތަދޫ އުތުރު ފަރާތުގެ މަގު މަޝްރޫއަށް ބަދަލު ގެނައުމަށް އީއައިއޭން ލަފާދީފި

ހިތަދޫ އުތުރު ފަރާތުގެ މަގު މަޝްރޫއަށް ބަދަލު ގެނައުމަށް އީއައިއޭން ލަފާދީފި

ގުޅުންހުރި

އައްޑޫ ހިތަދޫގެ އުތުރު ފަރާތުގެ ބިން ހިއްކައި މަގެއް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ބަދަލު ގެނައުމަށް އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގެ ރިޕޯޓުގައި ލަފާ ދީފި އެވެ. އެ މަޝްރޫއުން ތިމާވެއްޓަށް ލިބިދާނެ ބޮޑެތި ގެއްލުންތަކަކީ މި ލަފާ ދިނުމުގެ މައިގަނޑު ސަބަބެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ހިތަދޫ މޫލެކެޑެ އަވަށުގެ މީހުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ޕެޓިޝަނުގައި އެ މީހުން ވަނީ ބިމުގެ ދަތިކަމާއި ޓްރެފިކް ތޮއްޖެހުމާއި ފެންބޮޑުވުމާއި އެ ސަރަހައްދުން ނުބައި ވަސް ދުވުން ފަދަ މައްސަލަތައް ހާމަކޮށްފަ އެވެ. މި ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން ނިންމީ މޫލިކެނޑައިގެ އިރުމަތީ ފަރާތުން ސަރަހައްދެއް ހިއްކައި އިތުރު މަގެއް އަޅައިދިނުމަށެވެ.

އެކަމަކު އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިއްކާ ސަރަހައްދުގައި ރަނގަޅު ކަނޑޫފާއެއް އޮތުމާއެކު، އެ ތަނުގައި އެކި ބާވަތުގެ ކަކުނި އަދި ދޫނި އުޅެ އެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ނޭޗާ ޕާކުން ބުނި ގޮތުގައި މި މަޝްރޫއު ހިންގަނީ އީދިގަލި ކިޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގެ 200 މީޓަރުގެ ބަފަރުގެ ތެރޭގަ އެވެ. އަދި މި ސަރަހައްދަކީ އައްޑޫ ބަޔޮސްފިޔާ ރިޒާވްގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މަޝްރޫއު ކުރިއަށް ގެންދިޔުމުން 2.6 ހެކްޓަރުގެ ސަރަހައްދެއްގެ ތެރޭގައި ހިމެނޭ ދިރުންތައް ގެއްލިގެންދާނެ އެވެ. އެ ސަރަހައްދުގައި ހުރި ރަނޑޫ އާއި އައްސޭރިފަށުގައި ހުރި ގަސްތައް ކެނޑުމުން ގުދުރަތީ ރައްކާތެރިކަން ކުޑަވެ، ބިން ހިއްކުމުގެ މަސައްކަތުން އުފެދޭ ކިލަނބުގެ އަސަރު ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ކުރާނެ އެވެ. އައްޑޫ ކައުންސިލާއި އަމިއްލަ ޖަމިއްޔާތަކުން ވަނީ މި މަޝްރޫއުގެ ބޭނުންތެރިކަމާއި ހިނގާނެ ހަރަދާއި ލިބޭނެ ފައިދާއާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ރިއާޔަތްކޮށް އީއައިއޭން ލަފާ ދީފައިވަނީ މަޝްރޫއުގައި ބުނެފައިވާ ވަރަށް ވުރެ ކުޑަކޮށް ބިން ހިއްކުމަށެވެ. އެގޮތަށް ކުރިއަށް ގެންދިޔުމުން އެ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތަކުގެ 60 ޕަސަންޓު ރައްކާކުރެވި، ފެން ހިންދުން ހަރުދަނާ ކުރެވި، ތަރައްގީ އާއި ތިމާވެއްޓާ ދެމެދު ހަމަހަމަކަމެއް ގެންގުޅެވޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 500 ކުދި ރަނޑޫ ގަސް އިންދައިފި ނަމަ އެކަން ވާނީ ހިތަދޫގައި މިގޮތަށް ކުރާ ފުރަތަމަ މަސައްކަތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ