ހެއްކާބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުން އިންސާފު ގާއިމް ކުރުން އަވަސް ކުރެވޭނެ: މެމްބަރުން

ހެއްކާބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުން އިންސާފު ގާއިމް ކުރުން އަވަސް ކުރެވޭނެ: މެމްބަރުން

ގުޅުންހުރި

ޒަމާނީ ބަދަލުތަކާ އެއްގޮތަށް ހެއްކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުން އެކަށީގެންވާ އަވަސްމިނެއްގައި އިންސާފު ޤާއިމުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުން މެންބަރުން ވަނީ މިހާރުގެ ޤާނޫނުތަކުގެ ސަބަބުން ކޯޓުތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދިމާވަމުންދާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވާފައެވެ.

ބިލު ހުށަހެޅުއްވި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ވަނީ ހެކި އެއްކުރުމާއި ސައްޙަކަން ކަށަވަރުކޮށް ހުށަހެޅުމުގައި ހުރި ގޮންޖެހުންތައް މި އިސްލާހުތަކުން ހައްލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޖިނާޢީ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށްވެސް ހައްލު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ކުށްވެރިން ފަންނީ މައްސަލަތަކުގެ ސަބަބުން މިނިވަންވެގެންދާ ހާލަތުތައް ފާހަގަކުރައްވާފައެވެ. ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހަމަލާދިން މައްސަލައިގައި ސީސީޓީވީ ފުޓޭޖްގެ ގަޑި ދިމާނުވެ ކުށްވެރިން މިނިވަންވި މިސާލު ދައްކަވަމުން ނާޒިމް ވަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ޤާނޫނަށް އިސްލާހު އަންނަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މެންބަރުން ވަނީ ފަނޑިޔާރުން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ ވިދާޅުވީ ޤާނޫނު ކިތަންމެ މޮޅަށް ހެދިޔަސް އެ ޤާނޫނު ތަންފީޒުކުރާ މީހުންގެ ތެދުވެރިކަމާއި ވަފާތެރިކަން ނެތިނަމަ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި މައްސަލަތަކަށް ތާރީޚު ކަނޑައަޅައި ޝަރީޢަތް ނިންމުމުގެ މުއްދަތު ރައްޔިތުންނަށް އަންގަވައިދިނުމަކީ އަދުލު އިންސާފުގެ ނިޒާމަށް އަންނަންޖެހޭ މުހިންމު ބަދަލެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ