މާލެ ބަނދަރު ސަރަހައްދާ ކައިރީގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާގައި އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ގއ. ގެމަނަފުށީގެ އުމުރުން 25 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.
އިއްޔެ ހަވީރު 3:44 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބުނު މި ހާދިސާގައި ދިލްބަހާރުގެ އަލީ އަފްލާހު އަބްދުﷲ ނިޔާވެ، ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީއަކު ވެސް މަރުވެފައިވެ އެވެ. ހާދިސާގައި ކޮޅުވެއްޓީގައި ތިބި ޖުމްލަ 14 މީހުން ފެނިފައިވާއިރު، އޭގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.
ނިޔާވި ދިވެހި ޒުވާނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ސަހަރާ މިސްކިތުގައި ބާއްވަން ހަމަޖެހިފައިވެ އެވެ. މިދިޔަ މަހު ވެސް ވަރަށް އެއްގޮތް ހާދިސާއެއްގައި ތިން މީހަކު ނިޔާވުމާއެކު، ކޮޅުވެއްޓީގެ ސަލާމަތާ ބެހޭ ސުވާލުތައް އަލުން އުފެދިފައިވެ އެވެ.
ކޮމެންޓު ފޮނުވާ