ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހުތައް ގެނެސް އަންނަ ހަފްތާގައި މަޖިލީހަށް

ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހުތައް ގެނެސް އަންނަ ހަފްތާގައި މަޖިލީހަށް

Author
ޙަސަން މުޙައްމަދު
02 ނޮވެމްބަރ 2025 03:01
0

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް އާންމުންނާއި އިދާރާތަކުން ހުށަހަޅާފައިވާ ހިޔާލުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން މިއަދު މަޝްވަރާކޮށްފި އެވެ. މިއަދު ހެނދުނާއި މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެންނަން ނިންމައިފަ އެވެ.

ކޮމިޓީގެ މުގައްރިރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ހައުސިން މިނިސްޓްރީން ވެސް ބިލަށް ހިޔާލު ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެ ހިޔާލުތައް ކޮމިޓީއަށް ލިބޭނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ. ލިބިފައިވާ ހިޔާލުތަކަށް މަޝްވަރާކޮށް އިސްލާހުތައް ގެނެސް ބިލު ކޮމިޓީން ފާސްކުރުމަށް ފަހު އަންނަ ހަފްތާގައި ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ބިލު ހުށަހަޅަން ގަސްދުކުރައްވާ ކަމަށް ފަލާހް ވިދާޅުވި އެވެ.

އެންމެންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ވައުދާ އެކު މި ސަރުކާރު ވެރިކަމަށް އައި ކަމަށްވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.