އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުންޏަށް މި ދައުރުގައި 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 0.9 ޕަސެންޓާއި މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 1.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުން ކަމަށްވާއިރު، އެ ހިދުމަތުން 404.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ހިދުމަތްތަކުން 143.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިންގުމުގެ ހަރަދުތަކަށް ކެނޑުމަށްފަހު އުރީދޫއަށް ޓެކްސް ކަނޑާލުމުގެ ކުރިން 212.2 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ