8 އަހަރުގެ އާލިޔާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަން ހޯދައިފި

8 އަހަރުގެ އާލިޔާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަން ހޯދައިފި

ގުޅުންހުރި

ރާއްޖޭގެ ސާފިން ތާރީޚުގައި އާ ޞަފްޙާއެއް ހުޅުވާލައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަމުގެ މަގާމު އުމުރުން އެންމެ 8 އަހަރުގެ އާލިޔާ ލަތީފް ހޯދައިފި އެވެ. ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ އަންހެންބައިގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލް ހީޓުގައި ވާދަކޮށް އާލިޔާ ވަނީ 10.23 ޕޮއިންޓް ހޯދައި މި ޝަރަފު ހާސިލްކޮށްފަ އެވެ.

ފައިނަލް ހީޓުގައި އާލިޔާގެ ތިންވަނަ ރާޅަށް 4.23 ޕޮއިންޓް އަދި ހަވަނަ ރާޅުގައި ހަ ޕޮއިންޓް ސްކޯކުރުމަށްފަހު، ދެވަނަ ބަޔަށް ދިޔައީ ޖުމްލަ 7.67 ޕޮއިންޓް ހޯދި އައިޝާ ތާރާ ވާސިފް އެވެ. ތިންވަނަ ހޯދި އަލައިކާ އަބްދުލް އަލީމަށް 3.86 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައަށް ދިޔަ މަރިޔަމް ޒޯހާ މާދިހަށް 0.93 ޕޮއިންޓް ލިބުނެވެ. މި މުބާރާތުގައި ފިރިހެން ކުދިންގެ 18 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އިވެންޓްތައް ވެސް ކުރިއަށް ގެންގޮސްފި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ