ހައިވޭގައި ސައިކަލާއި ޕިކަޕެއް ޖެހި އެކެއްގެ ބޯ ފަޅައިގެން ގޮސްފި

ހައިވޭގައި ސައިކަލާއި ޕިކަޕެއް ޖެހި އެކެއްގެ ބޯ ފަޅައިގެން ގޮސްފި

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 08:11
0

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެއް، އިއްޔެ ހަވީރު 6:48 ހާއިރު ހައިވޭގައި ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ހާދިސާގައި 57 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްވެ، އެމީހާގެ ބޯފަޅައިގެން ގޮސް އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. ޒަހަމްވި މީހާ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.