ޖެނެރޭޝަން ބޭން ތަންފީޒުކުރުމަށް ދުންފަތާ ދެކޮޅު ދުވުން ފަށައިފި

ޖެނެރޭޝަން ބޭން ތަންފީޒުކުރުމަށް ދުންފަތާ ދެކޮޅު ދުވުން ފަށައިފި

Author
ހުސައިން
31 އޮކްޓޯބަރ 2025 08:11
0

ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ސަރުކާރުން ގެނައި ޖެނެރޭޝަން ބޭން ތަންފީޒުކުރުމުގެ ގޮތުން ނޭޝަން ޓޯޗް ރަން މިއަދު ހަވީރު މާލޭ ކުޅިވަރުއެކުވެނި ދަނޑުގައި ހެލްތް މިނިސްޓަރު އަހުމަދު ނާޒިމް ފައްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި ދިވެހިންގެ ތެރޭގައި ދިމާވާ ސިއްހީ ބޮޑެތި މައްސަލަތައް ގުޅިފައިވަނީ ދުންފަތު ފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސިއްހީ މިފަދަ ނުރަނގަޅު އާދަތަކުން ޅަދަރިން ރައްކާތެރިކޮށް އާއްމުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެކެވެ. ވަޒީރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތަކީ އިންސާނާއަށް ލިބޭނެ އެންމެބޮޑު ނިއުމަތް ކަމަށާއި އެކަމަށް ޝުކުރުވެރިވެ ރައްކާތެރިވުން މުހިންމު ކަމަށެވެ.

މާދަމާއިން ފެށިގެން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ދިވެހިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނީގޮތުން މަނާވާއިރު، 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި އެ އުމުރުފުރައިގެ ކުދިންނަށް ދުންފަތުގެ ބޭނުން ހިފާ އެއްވެސް އެއްޗެއް ވިއްކުން މަނާވެގެންދާނެއެވެ. މުޖުތަމައު އަހުލުވެރިކުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މީޑިއާތައް ގުޅިގެން ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ހާއްސަ ތެލެތޯނެއް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.