ނޭޝަނަލް ޖޫނިއަރ ސާފިން ޗެމްޕިއަންކަން ޔަސިންއަށް

ނޭޝަނަލް ޖޫނިއަރ ސާފިން ޗެމްޕިއަންކަން ޔަސިންއަށް

ގުޅުންހުރި

ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި މަހުގެ 29 އިން ފެށިގެން މާލޭ ވަރުނުލާ ރާޅު ގަނޑުގައި ކުރިއަށް ގެންދިޔަ ނޭޝަނަލް ޖޫނިއަރ ސާފިން ޗެމްޕިއަންޝިޕް 2025ގެ 18 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދައިފިއެވެ.

16 ރާޅާ އެޅުންތެރިން ވާދަކުރި މި ކެޓަގަރީގެ ފައިނަލުގައި ޔަސިން ވަނީ މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކޮށް، ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ފައިނަލް ހީޓުގައި ދެ ބައިވެރިންވެސް 10 ރާޅެއް ދުއްވާލި ނަމަވެސް، ޔަސިން ވަނީ 13.67ގެ ސްކޯއަކާއެކު ވަރުގަދަ ކުރިއެއް ނަގާފައެވެ. އިނާންއަށް ހޯދިފައިވަނީ 9.77ގެ ސްކޯއެކެވެ. ޔަސިންގެ އެންމެ މޮޅު ދެ ރާޅަކީ ހަ ވަނައަށް ދުއްވާލި 6.50 ޕޮއިންޓުގެ ރާޅާއި އަށް ވަނައަށް ދުއްވާލި 7.17 ޕޮއިންޓުގެ ރާޅެވެ. އިނާންގެ އެންމެ މޮޅު ދެ ރާޅުން ހޯދިފައިވަނީ 5.00 އާއި 4.77ގެ ސްކޯއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ