ފަގީރުންނަށް ޒަކާތު ބެނެފެޝިއަރީ ކާޑު ތައާރަފްކުރަނީ

ފަގީރުންނަށް ޒަކާތު ބެނެފެޝިއަރީ ކާޑު ތައާރަފްކުރަނީ

ގުޅުންހުރި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންނަށް މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތައާރަފްކުރުމަށް ނިންމައިފި އެވެ.

ޒަކާތު ހައުސްއިން ބުނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މި ކާޑު ތައާރަފްވުމާއެކު، ސިއްހީ ހިދުމަތްތަކުން އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރަމަޟާން މަހު ކާބޯތަކެތީގެ އެހީތެރިކަމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ވެސް އެ ކާޑުގެ ދަށުން ލިބިގެންދާނެ ކަމަށް ވެސް މައުލޫމާތުދެ އެވެ.

ޒަކާތު ހައުސްއިން ބުނީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކުރުމަށް މި ކާޑު އުފައްދަނީ ކަމަށެވެ. މި ކާޑުގެ މައިގަނޑު މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސްއާ ހަވާލުކުރެއްވި، ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރުމެވެ. ޒަކާތު ހައުސްއިން ވަނީ މި ކާޑަކީ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ