އަލިހުރަސް ކަނޑުގައި ބޮއި އޮޔާދާތީ ދަތުރުވެރިންގެ ސަމާލުވުމަށް އެދިއްޖެ

އަލިހުރަސް ކަނޑުގައި ބޮއި އޮޔާދާތީ ދަތުރުވެރިންގެ ސަމާލުވުމަށް އެދިއްޖެ

Author
ހުސައިން
30 އޮކްޓޯބަރ 2025 09:01
0

އަލިހުރަސް ކަނޑުތެރޭގައި ބޮޔެއް އޮޔާދާކަން ފާހަގަކުރެވިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ނެރުނު އެލާޓްގައިވާ ގޮތުން މި ބޮއި އޮޔާދަނީ ވާދޫ ކަނޑާ ދިމާލަށް ހުޅަނގުން އިރަށް ކަމަށާއި، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ. އޮޔާދާ ބޮއިތަކަކީ ދަތުރުވެރިންނަށް ނުރައްކަލަކަށް ވެދާނެ އެއްޗެއް ކަމަށްވާތީ، މިފަދަ ހާލަތްތަކުގައި ސަމާލުވުމަކީ މުހިންމު ކަމެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.