އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ 11 އަހަރުގެ ދިގު ޚިދުމަތަށްފަހު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕްރިންސިޕަލެއްގެ ގޮތުން ހިތަދޫ ސްކޫލުގައި މަސައްކަތް ކުރައްވަމުން އައި ޑރ. އާސިޔަތު ވަނީ އެކަމުގައި މެދު ކެނޑުމެއްނެތި ވަފާތެރިކަމާއެކު މަސައްކަތް ކުރައްވާފައެވެ.
އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. އާސިޔަތު ވިދާޅުވީ ތަޢުލީމީ ދާއިރާއިން ދުރަށް ދިއުމަށް ނިންމެވުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ޕްރިންސިޕަލްކަމަށް ވަޑައިގަތުމުގެ ކުރިން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ދެ އަހަރު ދުވަހު އެ ސްކޫލުގައި މަސައްކަތް ކުރެއްވި ޑރ. އާސިޔަތު މިހާރު މަސައްކަތް ކުރައްވަން ތައްޔާރުވަމުން ގެންދަވަނީ އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ